އެމްޑީޕީ

"އަދާލަތު ޕާޓީއަށް ތާއީދެއް ނެތް"

އަދާލަތު ޕާޓީއަށް ރައްޔިތުންގެ އެއްވެސް ތާއީދެއްނެތް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުގައި ހަސަން ލަތީފު ވިދާޅުވީ އަދާލަތަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށާއި އެ ޕާޓީއަށް ނިސްބަތްވާ މެމްބަރެއް ވެސް ރައްޔިތުން މަޖިލީހުގައި ނެތް ކަމަށެވެ. އަދާލަތުގައި ހިމެނޭ މެމންބަރުންގެ އަދަދު ވަރަށް މަދު ކަން ފާހަގަ ކުރައްވާ ވިދާޅުވީ އަދާލަތުން ބޭނުންވާ ކޮންމެ ކަމެއް ރައީސް ސޯހިލްގެ ސަރުކާރަށް މާ ބޮޑު، މާ ރަނގަޅު ވެގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަދާލަތުން ބޭނުންވާ ކޮންމެ ކަމެއް ސަރުކާރުން ކުރާ ކަމަށާއި އެއީ ރަށްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއިން ވެރިކަމަށް އައީ ގިނަ ވައުދުތަކަކާ އެކުގައި ކަމަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީއެއް ބުނާ ގޮތް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީ އަކީ އަމިއްލަ ގިނަ ވިސްނުންތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި އެ ފިކުރުގެ ތެރެއަށް އަދާލަތުގެ ހިޔާލު މަސްހުނި ކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.

"ސަރުކާރުން މި ނަގަނީ އެމްޑީޕީގެ މައްޗަށް އަދާލަތު ޕާޓީ، މިހެނެއް ކަންތައް ވެގެން ނުވާނެ، އެއީ ރަނގަޅު ގޮތެއް ނޫން،" ހަސަން ލަތީފް ވިދާޅުވި އެވެ.

އިއްޔެ އަދާލަތުން ނެރުނު ބަޔާނުގައި ހަގީގަތާއި ހިލާފު ގިނަ ވާހަކަތަކެއް ހުރި ކަމަށް ވެސް ހަސަން ލަތީފު ފާހަގަ ކުރެއްވި އެވެ. އެގޮތުން "ހިސާން ބިލާ" އެމްޑީޕީގެ ގިނަ މަޖިލިސް މެމެބަރުން ދެކޮޅު ކަމަށް ބުނެފައިވާ ބުނުން އެއީ ދޮގެއް ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ "ހިސާން ބިލާ" ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވާހަކަދައްކާފައި ނުވާނެ ކަމަށާއި ގިނަ މެމްބަރުން އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމީ ކަމަށެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ބޮޑު ހައިޖާނެއް އޮތް އިރުގައި، ކޯލިޝަން ރޫޅިދާނެ ތޯ އެހުމުން ވިދާޅުވީ ވާނޭ ގޮތް ނޭނގޭ ކަމަށެވެ.