ޓެކްނޯލޮޖީ

ފޭސްބުކް ގްރޫޕް ތަކަށް "އެކްސްޕާޓް" މޯޑް

ފޭސްބުކްގެ ޔޫޒާ ގްރޫޕް ތަކަށް "އެކްސްޕާޓް މޯޑް" ގެނައުމަށް ފޭސްބުކުން މަސައްކަތް ކުރަމުން އެބަ ދެއެވެ.

ފޭސްބުކުން ގެންނަ މި ބަދަލާއެކު، ފޭސްްބުކްގެ ގްރޫޕް ތަކުގައި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާތް ފަރާތްތަކުގެ ތެރެއިން އެކަމާ ގުޅުން ހުރި ފަރާތް ތަކަށް "އެކްސްޕާޓް" ބެޖެއް ދޭނެ އެވެ. އަދި މި ފީޗާގެ ސަބަބުން މީހުނަށް މައުލޫމާތު ދޭ ފަރާތަކީ އެކަމާ ގުޅޭ ތަޖުރިބާކާރެއްކަން އިތުރަށް ޔަގީން ވެގެން ދާނެ އެވެ.

މި ބަދަލަކީ ފޭސްްބުކުން ސައްހަ މައުލޫމާތު ފޯރު ކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ގެންނަ ބަދަލެކެވެ. ނަމަވެސް މި ފީޗާގެ ތެރެއިން "އެކްސްޕާޓް" ބެޖު ގްރޫޕް ހިންގާ އެޑްމިން ބޭނުން ކޮންމެ ފަރާތަކަށް ދެވޭ އެއްޗެކެވެ. އެހެންކަމުން މި ބެޖް އިންނަ ކޮންމެ ފަރާތެއް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ މައުލޫމާތަކަށް ނުވާނެ އެވެ.

މީގެ އިތުރުން "ކޮންސްޕިރަސީ" ގްރޫޕްތަކުގެ ނުވަތަ ހަރުކަށި ފިކުރު ފަތުރާ ގްރޫޕްތަކުގައި ވެސް މި ފީޗާ ބޭނުން ކުރެވޭނެ އެވެ. މިކަމަށް ރައްދެއްގެ ގޮތުން ފޭސްބުކުން ބުނެފައި ވަނީ އެ ކުންފުނީގެ އޮޓޮމޭޓްޑް ޑިޓެކްޝަން ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އަދި ކުރިއަށް ވެސް އިތުރު ބަދަލުތައް ގެނެސް މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރާނެ ކަމަށެވެ.