ވިޔަފާރި

އީދު ފާހަގަ ކުރަން މަހުޖަނުންގެ 30 ޕްރައިވެޓް ޖެޓެއް ރާއްޖެއަށް

މި އަހަރުގެ އީދު ޗުއްޓީ ރާއްޖޭގައި ހޭދަ ކުރަން މަހުޖަނުންގެ 30 ޕްރައިވެޓް ޖެޓު މެދުއިރުމަތިން އަންނާނެ ކަމަށް ސްކައި ޓުއާސް އިން ބުނެފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓް ގެންނަ އެއް ކުންފުނި ކަމަށްވާ ސްކައި ޓުއާސްގެ އެއް ޑިރެކްޓަރު އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިމް (އައްލޯ) ވިދާޅުވި ގޮތުގައި މި އަހަރުގެ އީދު ޗުއްޓީއަށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ޕްރައިވެޓް ޖެޓް އެ ކުންފުނީގެ މެދުވެރިކޮށް ރާއްޖެ އަންނާނެ އެވެ. މި ޖެޓުތައް އަންނަނީ މެދުއިރުމަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ގިނައިން ޖެޓުތައް މި އަންނަނީ މިއަދު [އީދުގެ ފުރަތަމަ ދުވަހުން] ފެށިގެން. ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި ދުބާއީން،" އައްލޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދާ ދިމާކޮށް އަންނަ ޖެޓުތަކުގައި މެދުއިރުމަތީގެ މަހުޖަނުން އެމީހުންގެ އާއިލާތައް ރާއްޖެއަށް ދަތުރު ކުރާނެ ކަމަށެވެ.

"ބައެއް ޖެޓުތައް ނ. މާފަރާއި ސ. ގަމުގައި ވެސް ޕާކު ކުރާނެ،" އައްލޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖެޓުތަ ކަށް ހިދުމަތް ދިނުމުގެ ގޮތުން 24 ގަޑިއިރަށް ކުންފުނީގެ އޮޕަރޭޝަން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

"ޖެޓު ތަކުން އަންނަ މީހުންގެ އިތުރުން އަންނަ ކްރޫއިންނަށްވެ ސް ހިދުމަތްދޭ ގޮތަށް އޮޕަރޭޝަން ކުރި އަށް މި ގެންދަނީ،" އައްލޯ ވިދާޅުވި އެވެ.

މެދުއިރުމަތިން ގިނަ އަދަދެއްގެ މަހުޖަނުން އީދު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައިސްފައިވާއިރު، މި މީހުން ހަފުތާއެއްހާ ދުވަހު ރާއްޖޭގައި ތިބޭނެ އެވެ. މި މީހުން ގިނައިން ތިބެނީ ޕްރައިވެޓް އައިލެންޑްތަކުގަ އެވެ. މި މީހުން އެވްރެޖުކޮށް ތިބޭ ކޮޓަރި އަދި ވިލާތަކުގެ އަގު ރެ އަކަށް 30،000 ޑޮލަރަށްވުރެ މައްޗެވެ. އަދި މި މީހުން މީގެ އިތުރުން ބޮޑު ހަރަދުތަކެއް އެ މީހުން ކުރެ އެވެ.