މާލޭ ސިޓީ ކައުންސިލް

ޕާކިން ޖާގައަށް އެދެން މުއްދަތު އިތުރު ކޮށްފި

މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ޕާކިން ޖާގައަށް އެދުމުގެ މުއްދަތު އިތުރުކޮށް ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އަންނަ އޮގަސްޓު މަހު 14 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މުއްދަތު އިތުރު ކުރުމަށް ނިންމީ ފޯމު ހުށަހަޅާއިރު ހިމަނަން ޖެހޭ ބައެއް ލިޔެކިޔުންތައް ހޯދުމުގައި ބައެއް ފަރާތްތަކަށް ދަތި ތަކާއި ކުރިމަވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

ދޫކުރަނީ 10 ސަރަހައްދަކުން 211 ޖާގަ އެކެވެ. އޭގެ ތެރޭގައި މަގުމަތީ ޕާކިންތަކުގެ ގޮތުގައި އަމީނީ މަގާއި ގުޅިފައިވާ 123 ޖާގަ ދޫކުރެ އެވެ.

ޖާގަތައް ދޫކުރަނީ މއ. ވައިދެރިޔާ ހިނގުމުން 44 ޖާގަ، މާފަންނު ރާދަފަތި ހިނގުމުން 21 ޖާގަ، ކުރެދި ގޯޅިން 10 ޖާގަ އާއި މއ. ހުދުފަޅު ހިނގުމުން އަށް ޖާގަ، މ .ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅިން 20 ޖާގަ އާއި މ .ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅިން 10 ޖާގަ އާއި ސަލާހުއްދީން ޕާކިން 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިން 24 ޖާގަ، އަލިމަސްކާނިވާ ސަރަހައްދުން ހަ ޖާގަ، ސަލްމާން މިސްކިތް ސަރަހައްދުން 58 ޖާގައެވެ.