މާލޭގެ ވެސްޓްޕާކް ގޮތުގައި ކުރިން އޮތް ސަރަހައްދުގައި އަލަށް ހުޅުވި ބަސް ސްޓޮޕާ އެކު އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކު ފުލޯ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފި އެވެ.
އެ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައި ދިނީ އެސްޓީއޯއިންނެވެ. އަދި އެތަނާއެކު މާފަންނުގެ އެ ސަރަހައްދުގެ ޓްރެފިކު ފުލޯއަށް ވަނީ ސިޓީ ކައުންސިލުން ވަނީ ބަދަލު ގެނެސްފަ އެވެ.
މިއައި ބަދަލާއެކު ހަވީރީހިނގުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ކަނބާއައިސާރަނި ހިނގުން ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ކޮށްފައިވާއިރު މާފަންނު އައްސޭރި ހިނގުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.