މާލޭގައި މާރާމާރީއެއް ހިންގައިގެން ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގާފައި ވަނީ އައިޖީއެމްއެޗް ކުރިމަތީގަ އެވެ. އެއީ ދެ ގޭންގް ގުްރޫޕްގެ ދެމެދުގަ އެވެ. މާރާމާރީ ހިންގާފައި ވަނީ އިރުއޮއްސި 6:30 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގައިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ފުލުސް އޮފިސަލު ވިދާޅުވީ މިއަދު ހަވީރު ގަލޮޅު އަސްރާ ކެފޭ ސަރަހައްދުގައި ވެސް މާރާމާރިއެއް ހިންގަން އުޅުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ދިޔައިރު އެއްވެސް މީހަކު ނޫޅޭ ކަމަށެވެ.