ދުނިޔެ

ފްރާންސަށް ކެމިކަލް ހަތިޔާރުން ހަމަލަދީފާނެ: ބޮޑުވަޒީރު

ހަނގުރާމަވެރި ގްރޫޕް ތަކުން ފްރާންސަށް ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރުން ހަމަލަދީފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެގައުމުގެ ބޮޑުވަޒީރު މަނުއެލް ވޯލްސް ވިދާޅުވެއްޖެ އެވެ.

ބިޑުވަޒީރު މިހެން ވިދާޅުވީ ފްރާންސުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ތިންމަހަށް އިތުރު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރެވެމުންދާ މަޝްވަރާގެ ތެރޭން މަޖިލިސް މެންބަރުންނާ މުހާތަބު ކޮށެވެ. ބޮޑުވަޒީރު މިގޮތަށް އިންޒާރުކޮށްފައި ވާއިރު، ފުލުހުން ދަނީ ހުކުރުދުވަހުގެ ހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ ތަންތަން ބަލާ ފާސްކޮށް ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން ހައްޔަރު ކުރަމުންނެވެ.

ވޯލްސް އިތުރަށް ވިދާޅުވީ ޓެރަރިސްޓުން ފްރާންސަށް ހަމަލަދިނީ ކޮންމެހެން އެގައުމުން ސީރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަނެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި ޓެރަރިސްޓުން ހަމަލާދިނުމަށް ބޭނުންކުރާ އުކުޅުތައް މިހާރު ބަދަލު ވަމުން އަންނަ ކަމަށާއި ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރުން ދީފާނެ ހަމަލާއަކަށް ވެސް ތައްޔާރުވާން ޖެހިފައިވާ ކަމަށެވެ.

ޕެރިސް ހަމަލާގައި ބައިވެރިވި މީހުން ހޯދަމުންދާއިރު، އޮޕަރޭޝަނެއްގައި ބަދަލުކުރި ހަމަލާތަކުގައި މަރުވި ދެމީހުންގެ ތެރޭން އެކަކަކީ ޕެރިސް ހަމަލާގެ އެންމެ އިސް ރޭވުންތެރިޔާ ކަމަށް ޝައްކު ކުރެވިފައިވާ އަށާވީސް އަހަރުގެ އަބްދުލް ހަމީދު އަބާއޫދު ކަމަށް ފްރާންސުން ވަނީ މިއަދު އިއުލާނު ކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު އައިއެސް އިން ޕެރިހުގައި ދިން ހަމަލާތަކުގައި 129 މީހުން މަރުވިއެވެ.