ދިރާގު

ދިރާގު އީދު ސައްލާ މިރޭ ކްލަބްހައުސްގައި

Jul 20, 2021

އިހުޒަމާނުގައި އީދު ފާހަގަ ކުރި ގޮތާއި އީދާ ގުޅޭ ޝައުގުވެރި އެތައް ވާހަކަތަކެއް ހިމެނޭ ގޮތަށް ކްލަބް ހައުސްގައި މިރޭ ހާއްސަ ޑިސްކަޝަންއެއް އޮންނާނެ އެވެ.

ގިނަ ބަޔަކު ވަދެ ބަހުސް ކުރާ ހޮޅުއައްޓެއް ފަދަ "ކްލަބްހައުސް" ޕްލެޓްފޯމްގައި ދިރާގުން ބާއްވާ އީދު ސައްލާގައި ޒުވާން އެތައް ކުދިންއެއް ބައިވެރިވާނެ އެވެ.

މިއީ އާއްމުކޮށް ޕަބްލިކަށް ހުޅުވާލައިގެން ބާއްވާ އިވެންޓެކެވެ.

"އީދު ސައްލާ- ދިވެހިންގެ އީދު" ގެ ނަމުގައި ބާއްވާ މި ހާއްސަ ޑިސްކަޝަންގައި އިހު ޒަމާނުގައި އީދު ފާހަގަކުރި ގޮތް ކިޔައިދޭނީ ދިވެހި ބަހުގެ ކަންކަމުގެ ުހަރަކާތްތެރިވާ ރައުފަތު ސޯދިގު އެވެ. އަދި ލަވާސް އޮފް އޯލް ތިންގްސް ގައުމީގެ ފަރާތުން އައްޒާމު މައުމޫން ބައިވެރިވާނެ އެވެ. މީގެ އިތުރުން ދިރާގުގެ ފަރާތުން ވެސް ދެ ބޭފުޅަކު މައުލޫމާތު ދޭނެ އެވެ.

"އީދު ސައްލާ- ދިވެހިންގެ އީދު" މި އިވެންޓް އޮންނާނީ މިރޭ 9:00 ގަ އެވެ.