ހިޔާ މަޝްރޫއު

ހިޔާ ފިނިޝިންއަށް މަދުވެގެން ނުވަ މަސް ދޭންޖެހޭ: ކައުންސިލް

ހިޔާގެ ދެ ޓަވަރު: އެތަންތަނަށް މީހުންނަށް ވަދެ ދިރިއުޅެން ފެށޭނީ އަދިވެސް މަސްތަކެއް ފަހުން -- އަވަސް ފޮޓޯ
0%
0%
100%

ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ތިން މަހުގެ މުއްދަތު ކުރު ކަމަށާ މަދުވެގެން ނުވަ މަސް ދުވަސް އެ މަސައްކަތަށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި އެދޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ތަންތަން ހަވާލުކުރަނީ މުޅީން ނުނިންމައެވެ. ފްލެޓްތަކުގައި މުއްޓާއި އެތެރޭގެ ދޮރުތައްވެސް ނުހުންނާނެ އެވެ. އެހެން ކަމުން އެ މަސައްކަތްތައް ނިންމާ ފްލެޓްތަކުގައި ދިރިއުޅެން ފެށެންދެން ކުލި ދެއްކުން މަޑުޖައްސާލުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ނިންމާފައިވަނީ ފިނިޝިންގެ މަސައްކަތަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ މުއްދަތު ގުނަން ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން މުއިއްޒު ވަނީ ފިނިޝަންގެ މަަސައްކަތަށް އެޗްޑީސީން ކަނޑައަޅާފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު އިތުރުކުރުމަށް އަދިވެސް ނުވިސްނަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައްޔިތުންގެ އާދޭހަށް ބީރުކަންފަތެއް ދެނީ ކީއްވެތޯވެސް މުއިއްޒު ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ މަދުވެގެން ނުވަ މަސް ދުވަސް ފިނިޝަންގެ މަސައްކަތަށް ދިނުމަށް މާލެ ސިޓީ ކައުންސިލުގެ ފަރާތުން އަދިވެސް ސަރުކާރުގައި އެދޭ ކަމަށެވެ.

އެކަމަށް ރަސްމީ ލިޔުމުންވެސް އެދިފައިވާ ކަމަށާ ނަމަވެސް މިހާތަނަށްވެސް ހަބަރެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތެއް މި ދެނީ ކީއްވެބާ،" ހިޔާ ފްލެޓްތަކުގެ މަސައްކަތް ކުރި ދުވަސްވަރު އެ މަސައްކަތް ހިންގި ހައުންސިން މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙީމަ

މަދުވެގެން 0.3 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ތިތަނުގައި އިންސާނަކަށް އުޅެވޭނީ! ބައެއް ކުންފުނިތަކުގެ އެސްޓިމޭޓަކީ އެއަށްވުރެވެސް ބޮޑު !ޢެކަމަކު ތިއީ ސޯޝަލް ހައުސިންގް! 2.7 މިލިޔަން އަށް އަގު އެއަރަނީ! ގިނަބަޔަކު ފްލޭޓާއި ހަވާލުވާންވެސް ޖެހިލުންވެއްޖެ!ސަރުކާރުން ހަޑި ހާވާ ފައި ރައްޔިތުމީހާ ބޮލުގައި އެއުގުޅަނީ!

2023

2023 ގައި ކަންފަތް ބީ ރުވާނެ

ހައިފާ

ބީރު ކަންފަތުގެ ވާހަކަ ދައްކަން މީނާ އަޅެ ލަދެއް ނުފަނޭތަ؟ މީނަ އަޅެ ހަނދާނެއް ނެތްކަމަށް އުޅުނަސް ގާކޮށި ފްލެޓްތަކުގެ ކަންތަކުގައި އަހަރުން މީނާ ކައިރީ އާދޭސް ކޮށް، ބައްދަލުކުރަން އުޅުނު ހާލު. ރައްޔިތުންގެ އަޑޭ ކިޔަނީ ޕީޕީއެމް ޓިކެޓް ގެ ބޭނުމުގަ ކަން ސާފު.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345