ދުނިޔެ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އިންޑިއާއަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. އ\ިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އަންނަ ހަފުތާގައި ބްލިންކެން އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން އިންޑިއާއެކު ގާތް ގުޅުންތަކެއް ގެންދަވަނީ ގާއިމު ކުރައްވަމުންނެވެ. ބްލިންކެން ހިމެނި ވަޑައިގަންނަވާނީ ބައިޑަން ސަރުކާރުން އިންޑިއާއަށް ފޮނުއްވާ މިނިސްޓަރުންގެ ފެންވަރުގެ ބާރުގަދަ ދެވަނަ ވެރިޔާއަށެވެ. ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން މިއަހަރު ކުރީކޮޅު އިންޑިއާށް ވަޑައިގެން އިންޑިއާގެ ވެރިންނާ މަޝްވަރާ ކުރެއްވި އެވެ.

ބްލިންކެން އިންޑިއާއަށް ވަޑައިގެން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ބައްދަލު ކުރައްވާނެ އެވެ. މީގެ ކުރިން ވެސް މި ދެ ބޭފުޅުން ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލު ކުރައްވާފަ އެވެ. އެއީ ލަންޑަންގައި އޮތް ޖީ7 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކުންނާއި ޖައިޝަންކަރު މި އަހަރު މޭ މަހު އެމެރިކާއަށް ކުރެއްވި ދަތުރުގައި އަދި އިޓަލީގައި އޮތް ޖީ20 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުންނެވެ.

އިންޑިއާއަށް ބްލިންކެން ވަޑައިގަންނަވަނީ ހައްލު ކުރަން ހުރި މައްސަލަ ބަންޑެއްޔެއް ހިއްޕަވައިގެންނެވެ. މަތިން ތިރިއަށް ހުރި މައުލޫތަކުގެ ތެރޭގައި އަފްޣާން މަސްލަހަތު ހައްލު ކުރުމާއި އިންޑޯޕެސިފިކް – ހާއްސަކޮށް ޗައިނާ ހަމައަކަށް އެޅުވުން އަދި ކުއަޑް ގައުމުތަކުން އެއް އެޖެންޑާއަކަށް މަސައްކަތްކުރުން ހިމެނެ އެވެ.

އިންޑިއާގައި ކުއަޑް ގައުމުތައް – އެމެރިކާ އާއި ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާގެ ބައްދަލުވުމެއް އިންޑިއާގައި ބޭއްވުމަށް ބައިޑަން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. އެހެން ނަމަވެސް އިންޑިއާގައި ކޮވިޑް ތައްކަތުނުވެ ދިގުލައިގެން ދިއުމުގެ ސަބަުން ކަންފުޅެއް ވާގޮތް ނުވެ ލަސް ވަނީ އެވެ.