ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ ކައުންސިލް

މޮނިޓަރިން އުވާލައި އައްޑޫގައި ހާއްސަ އުސޫލުތަކެއް

Jul 21, 2021
1

އައްޑު އަތޮޅުގެ ރަށްތަކުގައި އޮތް މޮނީޓަރިން އުވާލި ނަމަވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސިޓީ މޮނީޓަރިން އުވާލި ނަމަވެސް އެޗްޕީއޭގެ ހުރިހާ ގައިޑްލައިންތަކަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ހޮޓާތަކާއި ކެފޭ / ރެސްޓޯރެންޓާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހެ އެވެ. ބޭރަށް ނުކުންނައިރު މާސްކު ވެސް އިލްތިމާސްކޮށްފައި ވެ އެވެ.

މީގެ އިތުރުން ޖިމްތަކާއި ބޯކޮށާ ތަންތަން އަދި ސެލޫން ފަދަ ތަންތަނުގައި ވެސް އަމަލުކުރަން ވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. ކައުންސިލުން ބުނެފައި ވަނީ ކުޅިވަރު މުބާރާތްތައް ނުބޭއްވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ހަރަކާތްތައް ހިންގޭނީ ގައިޑްލައިންތަކާ އެއްގޮތަށެވެ.

ދެމަސް ދުވަހަށް ފަހު އައްޑޫ ސިޓީ މޮނީޓަރިންއިން ނަގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.