ދާންދޫ

ކުލަޖެހުމުގެ ތެރޭ މާރާމާރީ ހިންގައިފި

އީދު ފާހަގަ ކުރަން ގއ. ދާންދޫގައި ކުލަޖެހުމުގެ ތެރޭގައި ހިތްހަމަ ނުޖެހުމެއް އުފެދި މާރާމާރީއެއް ހިންގައިފި އެވެ.

ދާންދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ ރަށުގައި މާރާމާރީއެއް ހިނގީ އަމިއްލަ ފަރާތްތަކުން ރޭވި ހަރަކާތެއްގައި ކުލަ ޖަހަން އުޅުމުގެ ތެރޭ މަގުމަތީން ކަމަށެވެ.

މާރާމާރީއެއް ހިންގީ އަންހެނަކާއި ފިރިހެނެއްގެ ދެމެދު އެވެ. އެ ދެ މީހުންނަކީ ވަރަށް ގާތް ދެ މީހުނެވެ. އެ އަންހެން މީހާ ކުލަ ޖެހުމުން ފިރިހެން މީހާ ރުޅި އައިސް އަންހެން މީހާގެ އިސްތަށި ގަނޑުގައި ހިފައި ބުރަކަށީގައި ތެޅީ ކަމަށް ވެ އެވެ. އަދި އަންހެން މީހާ ފިރިހެން މީހާގެ ގައިގައި ތެޅީ އެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި އެ މައްސަލަ ޖެހުނީ ދެމީހުންގެ ސިޔާސީ ފިކުރު ތަފާތު ވެގެން ކަމަށައި ނަމަވެސް އަނިޔާ ކުރަންވީ ސަބަބެއް ނޭނގޭ ކަމަށެވެ. އެ މާރާމާރީއަށް ފަހު ދެ މީހުނަށް ވެސް އެ ރަށު ސިއްހީ މާރުކަޒުގައި ފަރުވާ ދޭން ޖެހުނެވެ.

ފުލުސް މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދާންދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހަވީރު 5:00 ހާއިރު ހުށަހެޅުމުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.