ދާންދޫ

ދާންދޫ އަންހެނަކު ގެއްލިގެން ހޯދަނީ

ގއ. ދާންދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހީމް (44 އ) އެވެ.

ފުލުހުން ބުނީ ޝަޒިއްޔާ ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 10:55 ހާއިރު ކަމަށެވެ.

މާލޭގައި ދިރިއުޅެމުންދާ ޝަޒިއްޔާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޝަޒިއްޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.