މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ތަހުގީގަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ތ. ގުރައިދޫ، ވިނަރެސް، އަހުމަދު ޝާހީން (36އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަމުންދަނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށެވެ.

އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެހެންވެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.