ހަބަރު

"ވެރިއަކު މީހުން ކުރިއަށް ނެރުމުން ނާޖާއިޒު ފައިދާ ނެގުމީ ވެރިމީހާ ކުށެއްނޫން"

ފިޝަރީޒް މިނިސްޓަރު ޝައިނީ ރޭޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އޯގާތެރި ވެރިއަކު މަސައްކަތްކުރާއިރު އެހެން ބަޔަކު އެކަމުން ނާޖާއިޒު ފައިދާ ނެގުމަކީ އެ ވެރިމީހާގެ ކުށެއްނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ޝައިނީ ވިދާޅުވީ ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން މިދަނީ ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ފާޑު ކިޔުންތެރިންނަށް އޯގާތެރި ނުވަތަ ޒިންމާދާރުވެރިއަކު މަސައްކަތްކުރާއިރު އެހެން ބޭފުޅުން ކުރިއަށް ނެރުމަށް ކުރާ މަސައްކަތްތަކުގައި. އެހެން ބޭފުޅުން އޭގެ ނާޖާއިޒު ފައިދާ ނެގުމަކީ އެއީކީއެއް އެ ވެރިއަކަށް ހުންނަ މީހެއްގެ ކުށެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

އަދި ޝައިނީ ވިދާޅުވީ ރަނގަޅު ބޭނުމެއްގައި ކުރެއްވި ކަމަކުން އޭގެ ފައިދާ ނެގީ ނުރަނގަޅު ގޮތަކަށް ކަމަށެވެ.

"ރަނގަޅު ވެރިއަކު ކެރޭ ވެރިއަކު ނުކުންނަ ގޮތަށް، ނުކުމެގެން މަސައްކަތް ކުރާ ގޮތަށް އަޅުގަނޑުމެންނަށް މިދޭ އިހްތިޔާރާ މަސައްކަތް ކުރުމަށް މިދޭ މިނިވަންކަމާއެކު ކުރާ ކަމަކީ ހަމައެކަނި ސަރުކާރު ހިންގުމުގެ އިތުރަށް ލީޑަރުންތަކެއް ބިނާ ކުރުން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މި ކަންތައް ރަނގަޅު ދިމާލަށް ގެންދިއުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަތުގައި ކަމަށެވެ.

" އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކުރާ ފަރާތްތަކާއި އިނދިކޮޅު ފަރާތްތަކާ ހުރިހާ ފަރާތްތަކުންވެސް މި އެނަޖީ އެއް ދިމާލަކަށް ގެންދެވިއްޖެނަމަ މި ރީޖަންގައި އަޅުގަނޑުމެންނާ ވާދަ ކޮށްލެވޭނެ އެއްވެސް ބަޔަކު ނާންނާނެ،" ޝައިނީ ވިދާޅުވި އެވެ.



Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910