މަސްވެރިންގެ ދުވަސް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެއާ ހުޅުވައިފި

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުން އުފައްދާ ބައެއް އުފެއްދުންތައް ދައްކާލަން ހާއްސަ ފެއާއެއް ރޭ ހުޅުވައިފި އެވެ.

ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ކުރިއަށްދާ މި ފެއާ ހުުޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު އިރްތިޝާމް އާދަމް އެވެ.

"ފިޝްއެގްރި އެކްސްޕޯ 2015" ގެ ނަމުގައި ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ގިނަ ބާވަތްތައް ދައްކާލަން ބަހައްޓާފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގައި ލިބެން ހުރި ބައެއް ހިދުމަތްތައްވެސް މިތަނުން ފެންނަން ހުރެ އެވެ. އަދި ރާއްޖޭގައި އަލަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ އެކުއަކަލްޗާ އިން އާލާކޮށްފައިވާ ފާނަ އާއި ހުއިިފި ލަނޑާ ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ.

މަސްވެރިކަމުގެ ދާއިރާގައި ބޮޑެތި ކުންފުނިތަކާއި މީގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި ސާމާނު ވިއްކާ ބައެއް ކުންފުނިތަކުން ވެސް މި ފެއާގައި ބައިވެރިވެފައިވެ އެވެ. ފެއާ ހުޅުވިފައި ހުންނާނީ މާދަމާ މެންދުރު 2- 10 އެއް ޖެހުމާ ހަމައަށެވެ.