މީޑިއާނެޓް

މީޑިއާނެޓް މަލްޓިސްކްރީން އަދި އެމްއެސްޓީވީ ވީއޯޑީ އަށް "މާމުއި"

Jul 25, 2021
މާމުއި ފިލްމުގެ ޕޯސްޓަރެއް
0%
0%
0%

މީޑީއާނެޓް މަލްޓި ސްކްރީން އަދި އެމްއެސްޓީވީ ވީއޯޑީގައި ދިވެހި ފިލްމް "މާމުއި" ދައްކަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމު މަލްޓި ސްކްރީން އަދި އެމްއެސް ޓީވީ ވީއޯޑީ އަށް ރިލީޒްކުރާނީ މާދަމާ އެވެ.

މާމުއި އަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. ޑާކްރެއިން އެންޓެޓެއިންމެންޓްގެ މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ އަދި އައިޝަތު ފުއާދު ތައުފީގް އެވެ. މިއީ ޝީލާ ނަޖީބް، މުހައްމަދު ޖުމައްޔިލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ، އިސްމާއިލް ޖުމައިހު އަދި ނުޒުހަތު ޝުއައިބް ފެނިގެންދާ ފިލްމެކެވެ.

މަލްޓިސްކްރީން ބޭނުންކޮށްގެން މާމުއި އަދި މިނޫންވެސް ގިނަ ފިލްމް، ޝޯތައް އަދި ޓީވީ ޗެނަލްތައް ފޯން، ލެޕްޓޮޕް ނުވަތަ ޓެބްލެޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

އަދި އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު އަލްޓްރާ ހައި ޑެފިނިޝަން އެންޑްްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް ޑީކޯޑަރާއި ނުލާ ޓީވީ މެދުވެރިކޮށް ޗެނަލްތަކާއި ވީޑިއޯތައް ބެލޭގޮތްވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފަ އެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން "މާމުއި" ބަލައިލެވޭނެ އެވެ. ނޫނީ މީޑިއާނެޓްގެ ވެބްސައިޓަށް ޒިޔާރަތް ކޮށްގެން މި އެޕްލިކޭޝަން ޑައުންލޯޑު ކޮށްލެވޭނެ އެވެ.
އެމްއެސްޓީވީ ބޭނުންކުރުމަށް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެެ.

މަލްޓިސްކްރީން ނުވަތަ އެމްއެސްޓީވީއަށް ސަބްސްކްރައިބް ކުރުމަށް ޒިޔާރަތްކުރައްވާށެވެ. މީޑިޔާނެޓުގެ ފްރަންޓް އޮފިސް މެދުވެރިކޮށް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބސްކްރައިބް ކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345