ޑާކް ރެއިން

އެންމެ ހިނގަނީ "ރޫމީ އާ ޖަންނަތު"

"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ތަރިން: މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ މި ވެބްސީރީޒްގެ އެޕިސޯޑްތަކަށް --
0%
0%
0%

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ގެނެސްދޭތާ ހަތް ހަފްތާވީ އެވެ. މި ވެބް ސީރީޒްގެ ހަތްވަނަ އެޕިސޯޑް ރޭ ވަނީ ދައްކާފަ އެވެ.

ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި ވެބް ސީރީޒްގެ ފުރަތަމަ ހަ އެޕިސޯޑް ހިލޭ ބަލައިލެވޭނެ ގޮތް މީޑިއާ ނެޓުން ވަނީ ހަމަޖައްސައިދީފަ އެވެ. މިއީ ގޭގައި ތިބެން ޖެހިފައިވާ މިފަދަ ވަގުތެއް ކަމަށް މިއީ ޑާކްރެއިންއާ މީޑިއާ ނެޓުން ދިން ރަނގަޅު ހަދިޔާއަކަށް ވިއެވެ.

ފުރަތަމަ ހަތް އެޕިސޯޑާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް މި ވެބް ސީރީޒަށް ވަނީ ލިބިފަ އެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އާ އެޕިސޯޑާއެކު ގިނަ ބަޔަކު "ރޫމީ އާ ޖަންނަތު" ގެ ވާހަކަ ދައްކައެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭ މި ވެބްސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް އެފަދަ އެތަށް ޑައިލޮގެއް ހިމެނެއެވެ. މީގެ އިތުރުން ހޭލުންތެރި ކުރުވުމުގެ ތަފާތު މެސެޖްތަކާއި އިބްރަތްތެރި ތަފާތު އެކި ކަންކަން ވެބް ސީރީޒުން ފެނިގެން ދާނެ އެވެ.

"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ދެ ތަރިން: ގިނަ ބަޔަކަށް ކަމުދާ ވެބްސީރީޒެއް

ގިނަ ތަރިންތަކެއް ފެނިގެންދާ މި ވެބްސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެންދަނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކު ވެސް ފެނިގެންދާނެ އެވެ. އަދި މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެން ދެއެވެ.

ފިލްމުގައި ޝީލާ އާ ސައީދުގެ ރޯލަކީ އެންމެ މަޖާ އަދި އެންމެ ފާހަގަކޮށްލެވޭ ރޯލެވެ. މީގެ އިތުރުން ހަސަން މަނިކުގެ ރޯލަކީވެސް ވަރަށް ތަފާތު ރޯލެކެވެ. ހަސަން ބުނި ގޮތުގައި އޭނާގެ 43 އަހަރުގެ ދިގު ފިލްމީ ކެރިއަރުގައި އެންމެ ތަފާތު ރޯލަކީ "ރޫމީ އާ ޖަންނަތު" ގައި އޭނާ ކުޅޭ ރޯލެވެ. މުޅި ވެބްސީރީޒްގެ ސްކްރީން ޕްލޭގެ މޮޅުކަަން އޭނާ ފާހަގަކުރިއެވެ.

"ޑާކްރެއިންގެ 'ރޫމީ އާ ޖަންނަތު' ވާނެ ވަރަށް ތަފާތު ވެބްސީރީޒްއަކަށް. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ރޯލެއް ލިިބިފައި ވަނީ،" ހަސަން ބުންޏެވެ.

"ރޫމީ އާ ޖަންނަތު" ގެ ޝޫޓިންގައި ޕްރޮޑިއުސަރު މޮގާ އަދި ގިޔާސްއާ ފައިސަލް --

ޑާކްރެއިންގެ ކޮންމެ އުފެއްދުމުގައި ހާއްސަ ފެނިލުންތަކުން ކުރީގެ މަޝްހޫރު ތަރިންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުން ދައްކާލައެވެ. މީގެ ކުރިން ގެނެސްދިން ބައެއް ފިލްމުތަކުގައި ކުރީގެ ފިލްމީ ތަރިންނާއި ޓީވީ ޕްރެޒެންޓަރުން އަދި ލަވަ ކިޔުންތެރިންވެސް ފެނިގެން ގޮސްފައިވެއެވެ. އެއީ ޑާކްރެއިންގެ ފިލްމީ އުފެއްދުންތަކުގެ ހާއްސަ ކަމެކެވެ.

"ރޫމީ އާ ޖަންނަތު" ގައިވެސް ހާއްސަ ފެނިލުންތަކުން ކުރީގެ މަޝްހޫރު ތަރިން ފެންނާނެއެވެ. އެންމެ ފާހަގަކޮށްލެވީ ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ގިޔާސް ފެނިލުމެވެ. ކުރީގެ މަޝްހޫރު ހުރިހާ ލަވައެއްގައި ފެންނިގެންދިޔަ ގިޔާސް "ރޫމީ އާ ޖަންނަތު"ން ފެންނާނެ އެވެ. ގިޔާގެ މަންޒަރުތައް ޝޫޓްކޮށް ވަނީ ނިންމާފައެވެ.

"ރޫމީ އާ ޖަންނަތު" ގެ މަންޒަރެއް: މިއީ ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދާ ފިލްމެއް --

"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ކާސްޓުގެ އިތުރުން ކުދިކުދި ރޯލްތަކުން އަދިވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. "ރޫމީ އާ ޖަންނަތު" ގެ ތަރިންގެ ޕޯސްޓަރުތަކުން ފެންނަ ގޮތުގައި ނުޒޫއަކީ ސިފައިންގެ މީހެކެވެ. އަދި ފުބޫއަކީ ޝެފެކެވެ.

"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލްއެވެ. ޕްރޮޑިއުސް ކުރަނީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ. މި ވެބްސީރީޒްގެ ފުރަތަމަ ސީޒަންގައި 15 އެޕިސޯޑް ގެނެސްދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345