ހާމިދު އިސްމާއިލް

ދޫނިދޫން ގެނައި ތަނުން މަނީ ލޯންޑްރިން މައްސަލައެއްގައި ހާމިދުސޭޓް ހައްޔަރުކޮށްފި

Nov 20, 2015
1

ރައީސް އަބްދުﷲ ޔާމީނަށް އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ މައްޗަަށް ބަލަމުން އައި އެ މައްސަލައިގައި މިއަދު ދޫކޮށްލުމަށްފަހު އަނެއްކާވެސް އޭނާ މިއަދު ހައްޔަރުކޮށްފި އެވެ. އަލުން މިއަދު އެނާ ހައްޔަރު ކުރީ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.

ކުރީގެ މައްސަލާގައި އޭނާ ހައްޔަރު ކުރީ މެލޭޝިޔާގައި ހުންނެވުމަށްފަހު މާލެ ވަަޑައިގެންނެވި ތަނުންނެވެ. އޭގެ ފަހުން ފުރަތަމަ ބަންދަށް 15 ދުވަސް ދިނުމަށްފަހު ކޯޓުން ދެވަނަ ފަހަރަށް ބަންދު ދީފައި ވަނީ ފަސް ދުވަހަށެވެ.

"ކުރީ މައްސަލައިގެ ބަންދުގެ މުއްދަތު ހަމަވީ މިއަދު، ހަމަވެގެން ދޫނިދޫން މާލެ ގެނައި ތަނާ އަލުން ވާނީ ހާމިދު ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކުރީ މަނީ ލޯންޑެރިން މައްސަލައަކާ ގުޅިގެން،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާ ބޭބެ، ހާމިދު ސޭޓަށް ތުހުމަތު ކުރާ މަނީ ލޯންޑެރިންގެ މައްސަލައަކީ ކޮންކަމެއްގެ ތެރެއިން ފެން މަތިވި މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.