ހަބަރު

މެލޭޝިޔާއިން ހާމިދު ސޭޓް ހައްޔަރުކޮށްފި

Oct 28, 2015
4
ހާމިދު އިސްމާއިލް
0%
0%
0%

ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ، ހާމިދު އިސްމާއިލް ހާމިދު ސޭޓް ހައްޔަރުކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ހާމިދު ހައްޔަރުކުރީ މެލޭޝިޔާއިން މިއަދު ކަމަށާއި އޭނާ ހައްޔަރު ކުރީ މެލޭޝިޔާ ފުލުހުން މެދުވެރިކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ހައްޔަރު ކުރީ ކޮން ޗާޖެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ފުލުހުން ބުނީ ހާމިދު 46، ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އެ އޮޕަރޭޝަންގައި ފުލުހުން ވެސް ބައިވެރި ކަމަށެވެ. އޭނާ ހައްޔަރުކުރީ ސިންގަޕޫރުގައި ހުންނެވުމަށްފަހު މެލޭޝިޔާ ދަތުރުކޮށް އެ ގައުމަށް ފޭބިތަނުންނެވެ.

މިއަދު ހާމިދު ހައްޔަރު ކުރި އިރު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ފަށާފައިވާ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންގައި ތިން ފަހަރެއްގެ މަތިން ވަނީ ސިފައިންނާއި ފުލުހުން ހާމިދު ދިރިއުޅުއްވާ މ. ޝުރާމަންޒިލް ބަލައި ފާސްކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345