ހަބަރު

ބޮޑުކާށި ހުރާ ބަލައި ފާސްކޮށް ބައެއް މީހުން ހައްޔަރުކޮށްފި

Nov 5, 2015
0%
0%
0%

އދ. ބޮޑުކާށި ހުރާއަށް ސިފައިންނާ ފުލުހުން އަރާ އެ ރަށް ފާސްކޮށް ބައެއް މީހުން އެ ރަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެރަށް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ތަފުސީލެއް ނުދެއްވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރިސޯޓެއްގެ ގޮތަށް ތަރައްގީ ކުރަމުންދާ އެރަށަކީ ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއީގެ ކޮއްކޮ އަމްޖަދު އިސްމާއީލްއަށް ދޫކޮށްފައިވާ ރަށެވެ. ފުލުހުންނާއި ސިފައިން އެރަށަށް ދެ ފަހަރަށް ފާސްކޮށްފައިވެއެވެ. އެ ފާސްކުރުންތަކުގައި ޑައިވަރުން އެ ރަށުގެ ވަށައިގެން ކަނޑުގެ އުރަފަށަށް ފީނާފައިވެސް ވެއެވެ.

އޮޕަރޭޝަންގައި މީގެ ކުރިން ވެސް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ޅ، ހުރުވަޅި އާއި ބ. ހިބަޅިދޫ ފާސްކުރި އެވެ. މީގެ ތެރެއިން ހިބަޅިދޫއިން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ހޯދާފައެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345