ހާމިދު އިސްމާއިލް

ހާމިދު ސޭޓްގެ ބަންދަން 15 ދުވަސް

Nov 21, 2015
1
ހާމިދު އިސްމާއިލް
0%
0%
0%

މަނީ ލޯންޑްރިންނާއި ހިޔާނާތުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

މި މައްސަލާގައި ހާމިދު ހައްޔަރު ކުރީ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެ ދޫކޮށްލަން މާލެ ގެނައި ތަނުންނެވެ.

އިއްޔެ އޭނާ ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާއި ގުޅުންހުރި މަނީ ލޯންޑްރިން ގެ މައްސަލައެވެ.

ފުލުހުން އިއްޔެ ބުނީ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް އެމްއެމްޕީއާރްސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި ހާމިދު އިސްމާއިލްގެ މަސްލަަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާ މިމައްސަލައާއި ގުޅުންހުރި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފަކޮށްފައިވާކަމަށް ތަޙްޤީޤަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށެވެ.

ހާމިދު ގެ މައްޗަށް ތުހުމަތުކުރެވޭ އެހެން މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީއަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް ހިމޭނޭކަމަށާއި އަދި އެމްއެމްޕީއާރްސީއިން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހާމިދު އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެެހެން ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި މިމައްސަލަތައްވެސް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހްގީގުކުރަމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖައްލާ

ގަނޑުކޮށްޖަހަންވީ! މުޅިޤުމުދިރުވާލއިގެން އުޅުއްވީ ފިލަންކަމަށް ބުނެވެނީ!!!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345