ޓެކްނޯލޮޖީ

ޒޫމް އިން ބޮޑު އަގު ދީފައި ފައިވް9 ގަނެފި

ކޮވިޑް-19 އާއި ގުޅިގެން މަޝްހޫރުވި ވިޑިއޯ ކޯލް އަދި ކޮންފަރެންސް އެޕް ކަމަށްވާ "ޒޫމް" އިން ބޮޑު އަގު ދީފައި "ފައިވް9" ގަނެފި ކަމަށް ބުނެ އެ ކުންފުނިން ބަޔާނެއް ނެރެފި އެވެ.

ޒޫމް އިން "ފައިވް9" ގަނެފައި ވަނީ 14.7 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

"ފައިވް9" އަކީ ކްލައުޑް ސޮފްޓްވެއާ ކުންފުންޏެކެވެ. ޒޫމް އިން އެ ކުންފުނި ގަނެފައި ވަނީ ކޯޕަރޭޓް ބޭނުމަށާއި އެނޫންވެސް ބޮޑެތި ކުންފުނިތަކަށް ޒޫމް މާކެޓް ކުރުމަށެވެ. ޒޫމްގެ ވިޑިއޯ ކޮންފަރެންސިން އެޕް އިތުރަށް ފުޅާކޮށް ބޮޑެތި ކުންފުނިތަކަށް އެ އެޕްލިކޭޝަނަކީ ބޭނުންކު ރަން ފަސޭހަ އަދި ރައްކާތެރި އެޕްލިކޭޝަނަކަށް ހެދުމަށް ކުރާ މަސައްކަތައް އިތުރު ކުރިއެރުމެއް "ފައިވް9" އާއެކު ލިބިގެން ދާނެކަމަށް ޒޫމް އިން ނެރުުނު ބަޔާނގައި ބުނެފައިވެ އެވެ.

ޒޫމް އިން ދަނީ އެކުންފުނީގެ އެޕްލިކޭޝަނަށް އިތުރު ގިނަ ފީޗާތައް ތައާރަފުކޮށް ޓެސްޓް ކުރަމުންނެވެ. އަދި ބައެއް ސޮފްޓްވެއާ ކުންފުނިތައް މީގެ ކުރިން ވެސް ވަނީ ގަނެފަ އެވެ.