ދުންޔާ މައުމޫން

ރަސްމީ ދަތުރުފުޅެއްގައި ދުންޔާ މިރޭ އިންޑިޔާއަށް

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް މިރޭ ފުރާ ވަޑައިގަންނަވާނެ އެވެ.

ދުންޔާ މައުމޫން އެކަން ކަށަވަރުކޮށްދެއްވާ ދާދި ދެންމެ އަކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ވަގުތެއްގައި ރަސްމީ ދަތުރުފުޅެއްގައި ދެދުވަހަށް އިންޑިޔާއަށް ފުރާވަޑައިގަންނަ ވާނެ ކަމަށާއި އަދި މި ދަތުރުފުޅުގައި އިންޑިޔާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅާ ބެހޭގޮތުން އިންޑިޔާގެ ބައެއް ނޫސްތަކުގައި ބުނަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރެއްވުމަށް ފަހު އެމެރިކާ އާއި ކޮމަންވްލްތް އަދި ސްރީލަންކާގެ ގޮވާލެއްވުމަށް ކުއްލި ހާލަތު އުވާލެވިގެން ދިޔަގޮތުގެ ތަފްސީލް ދުންޔާ ސުޝްމާއަށް ސާފުކޮށްދެއްވާނެ ކަމަށެވެ. އަދި އިންޑިޔާއާއި ރާއްޖޭގެ ގުޅުހުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށެވެސް ބުނެ އެވެ.