އިންޑިއާ

އިންޑިއާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ސަމާލުވާން އެދިއްޖެ

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އިންޑިއާގެ ކެރެލާ ސާޓޭޓްގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތި އެކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން އިލްތިމާސް ކޮށްފި އެވެ.

ކޮންސިއުލޭޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިކުނޑިއަށް ޖެހޭ ނުރައްކާރެތި ބައްޔެއް ކަމަށްވާ "ބުރެއިން އީޓީން އެބިމާ އިންފެކްޝަން" ބަލި ކެރެލާ ސްޓޭޓުގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އެ ސްޓޭޓްގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

މިބައްޔަކީ ކަންފަތާ ނޭފަތުން ވަންނަ އިންފެކްޝަނަކުންޖެހޭ ބައްޔަކަށްވާތީ ސްވިމިން ޕޫލުފަދަ ތަންތަނަށް އެރޭއިރު ކަންފަތާއި ނޭފަތަށް ފެން ނުވަންނަ ގޮތަށް ސަމާލުވުމަށް ކޮންސިއުލޭޓުން އެދިފައިވެ އެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ހޮޑުލުމާއި، ހުންއައުމާއި، ކަނދުރާއަށް ނާރު އެރުމާއި، ވާނުވާ ނޭގުމާއި އަދި ފިޓްޖެހުން ފަދަ އަލާމާތައް ހިމެނެ އެވެ.

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި އަދި ކެރަލާ ސްޓޭޓަށް ދަތުރުކުރާ ދިވެހިންވެސް މިކަމަށް ސަމާލުވުމަށް ބަޔާނުގައި އެދިފައިވެ އެވެ.