ޓެކްނޯލޮޖީ

ޔޫޓިއުބުން ގުޅުމެއް ނެތް ވީޑިއޯތައް އިޚްތިޔާރު ކޮށްދެނީ

އަހަރެމެންނަށް ވުރެ ބޮޑަށް ޒަމާނީ ވެބް ޕޯޓަލްތައް އަހަރެމެން ދަނެ އެވެ. ގޫގުލް އާއި ޔޫޓިއުބް ބޭނުން ކުރާ މީހުންނަށް މިކަން އޮންނީ ކަށަވަރުވެފަ އެވެ.

ޔޫޓިއުބުން ވީޑިއޯ ކްލިޕެއް ބަލަމުން ދާއިރު އެމީހާ ކުރިން ބަލާފައި ހުރި ކްލިޕްތަކާ ގުޅުން ހުރި ވީޑިއޯތައް މައި ސަފުހާގެ އަރިމަތިން ދައްކައިދެ އެވެ. އެއީ އެ މައުލޫއަކާ ބެހޭ ގޮތުން ކުރިން އެނގިފައި ނެތް މައުލޫމާތެއް އޮވެދާނެ ކަމަށެވެ. އަދި އެއީ އެމީހަކު ބަލާނެހެން ހީވާ ކަހަލަ ވީޑިއޯ ކަމަށް ހީކޮށެވެ.

ވީޑިއޯ އުފައްދައި ސްޓްރީމްކުރާ މީހުންނަށް މިއީ ބޮޑު މައްސަލައަކަށް ވެއެވެ. އެއީ ވީޑިއޯ ބަލާ މީހާ ޝައުގުވެރިނުވާ ޓޮޕިކްތައް ފެންނާނެ ގޮތެއް ނެތުމުންނެވެ. އެ ވީޑިއޯއެއް ފެންނާނީ ހަމައެކަނި އެކަހަލަ ވީޑިއޯ ބަލައި އުޅޭ މީހަކަށް ވެއްޖެއްޔާ އެވެ.

ޔޫޓިއުބްއިން އަލަށް ނެރޭ އަޕްޑޭޓްގައި އަމިއްލަ އަރާމުގައި ބަލާ ވީޑިއޯ ތަކުގެ އިތުރުން ދުވަހަކު ވެސް ނުބަލާ ވީޑިއޯތައް އިޚްތިޔާޜުކޮށްދިނުމަށް އެހެން ކެޓަގަރީއެއް ވަނީ ހިމަނާފަ އެވެ. އެ ކެޓަގަރީއަކީ "ނިއު ޓު ޔޫ" އެވެ.

"ނިއު ޓު ޔޫ" އޭ ކިޔާ މި އާބަރީގައި ޔޫޓިއުބުން ދައްކާދޭނީ އެމީހަކު ކުރިން ބަލާފައި ނުވާ އަދި ބަލަމުންދާ ކްލިޕްތަކާ މާބޮޑު ގުޅުމެއް ނެތް ވީޑިއޯތަކާއި އަލަށް ނެރޭ ނޫނީ މަޝްހޫރު ވަމުންދާ ވީޑިއޯތަކެވެ.