ޑރ. މުހައްމަދު މުއިއްޒު

މިމަހުގެ ބިލުތައް ވެސް ދެއްކޭ ވަރަށްވުރެ ބޮޑު: މޭޔަރު

Jul 29, 2021
3

މިމަހުގެ ކަރަންޓު ބިލުތައް ވެސް އާންމު ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު ލިބޭ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު ބިލުތަކެއް ކަމަށެވެ. މީގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހެން މެދުވެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލު ދައްކަން މިވަނީ ޖެހިފައި،" މުއިއްޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.

މިދިޔަ މަހުގެ ބިލުތަކަށް ވެސް ލުއި ދިނުމަށް މުއިއްޒު ވަނީ ގޮވައްލައްވާފަ އެވެ.

މުއިއްޒު މިކަމަށް ގޮވާލައްވާފައި ވަނިކޮށް ސަރުކާރުން ވަނީ މިދިޔަ މަހު ފެނާއި ކަރަންޓުން ޑިސްކައުންޓު ދީފަ އެވެ. އެގޮތުން ގޭގެއަށް ދޫކުރާ ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް، އަދި ވިޔަފާރިތަކުގެ ބިލްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ވަނީ ދީފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗް މަހުން ފެށިގެން ޖޫންއާ ހަމައަށް އާއްމު ގޮތެއްގައި ދެ މިގެންދާނީ ރާއްޖޭގެ ހޫނު މޫސުމެވެ. މި މަސްތަކުގައި ކަރަންޓް ބިލް ވަރަށް ބޮޑުވެ އެވެ. ކުރިއަށް އޮތް މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.