މާލޭ ސިޓީ ކައުންސިލް

ޕާކިން ޒޯނާ ގުޅޭ ޝަކުވާތަކަށް ޖަވާބުދީފި

ދަރުމަވަންތަ ސުކޫލު ކުރީން ހިނގި ބިމުގައި ހަދާފައިވާ ޕާކިން ޒޯނުގެ ބޮޑު ބައެއް ކާރު ޕާކުކުރުމަށް ހާއްސަކުރަން ޖެހުނު ސަބަބު މާލެ ސިޓީ ކައުންސިލުން ސާފުކޮށް ދީފި އެވެ.

ދަރުމަވަންތަ ހިންގި ބިމުގައި ހަދާފައިވާ ޕާކިން ޒޯނުގެ ބޮޑު ބައެއް ކާރު ޕާކިންނަށް ހާއްސަ ކުރުމާއި ގުޅިގެން ބައެއް އާންމުން ދަނީ ސިޓީ ކައުންސިލްގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އަދި ވެލާނާގެ ކަރީގައި ސައިކަލް ޕާކުކުރަން ހާއްސަކޮށްފައި އޮތް ޒޯން ނެގުމުންވެސް ސުވާލުކޮށްފައިވެއެވެ.

އެ ޝަކުވާތަކާއި ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަރުމަވަންތަ ސުކޫލު ކުރީން ހިނގި ބިމުގައި ހަދާފައިވާ ޕާކިން ޒޯނުގެ ބޮޑު ބައެއް ކާރު ޕާކިންއަށް ހާއްސަ ކުރަން ޖެހުނީ ދަންޑަހެލު ގޯތި ހުސްކޮށް ސަރުކާރާއި ހަވާލު ކުރަން ޖެހުމުން ކަމަށެވެ. އެ ގޯތީގައި ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކަށް އެހެން ޖާގަ އެއް ހޯދާ ދޭން ޖެހޭ ކަމަށާ އެ ނިންމުން އަައީ އޭގެ ސަބަބުން ކަމަށެވެ.

"... އަދި ވެލާނާގެ ކައިރީގައި ސައިކަލް ޕާކުކުރާ ޒޯންއެއް ޑަބަލް ރޮނގު ދަމާ 'ނޯ ޕާކިން ޒޯން' އަކަށް ހަދަން ޖެހުނީ 'ސެކިއުރީ ރީޒަން' އަށް އެގޮތަށް ހެދުމަށް ސަރުކާރުން އަންގާފައި އޮތުމުގެ ސަބަބުން،" މުއިއްޒު ވިދާޅުވިއެވެ.