ރާނީ މުކަރުޖީ

ރާނީ މުކަރުޖީ އަދިވެސް ހޮސްޕިޓަލުގައި

Nov 21, 2015
1

ވިހެއުމުގެ ދުވަސް ފުރެން ކައިރިވެފައިވާ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީ މާބޮޑަށް ވަރުބަލިވާތީ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފަރުވާ ހޯދާފަ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ވިހާނެ ކަމަށް ބެލެވޭ ރާނީ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ހާލު ރަނގަޅު ނަމަވެސް، ގޭތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެމަސައްކަތްތައް ނިމެންދެން ހޮސްޕިޓަލުގައި މަޑުކުރަން ނިންމާފަ އެވެ.

ބުނެވޭ ގޮތުގައި ރާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ދިވާލީ ފާހަގަކުރުމަށް އަމީތާބް ބައްޗަންގެ ގޭގައި ބޭއްވި ޕާޓީގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވުމުންނެވެ.

ރާނީގެ ސްޕޯކްސްޕާސަން އާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން، ކުޑަ ދަރިފުޅު ވިހެއުމުގެ ކުރިން ގޭގައި ބައެއް މަރާމާތުގެ މަސައްކަތް ކުރަމުން އަންނާތީ އިތުރު ދުވަސްކޮޅަކަށް ހޮސްޕިޓަލުގައި މަޑުކުރަން ރާނީ ނިންމާފައިވާ ކަމަށެވެ.

"ރާނީގެ ހާލު މިހާރު ރަނގަޅު. އޭނާ އަންނަނީ ހޮސްޕިޓަލުގައި އަރާމުކުރަމުން" ރާނީގެ ފަރާތުން ވާހަކަދެއްކި މީހާ ބުނެފައިވެ އެވެ.

ރާނީ އާއި އަދިތުޔާ ޗޯޕްރާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އިޓަލީގަ އެވެ. އަދި ފުރަތަމަ ދަރިފުޅަށް ރާނީ ބަލިވެ އިން ކަމުގެ ހަބަރުތައް ފެތުރިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.