ބޮލީވުޑް

ރާނީގެ އާ ފިލްމު ބަލާފައި ފިރިމީހާ އަދިތުޔާ ޗޯޕްރާއަށް ޝޮކެއް

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"ގެ މަންޒަރެއްގައި ރާނީ އާއި އޭނާގެ ދެ ދަރިންގެ ރޯލު ކުޅޭ ކުޑަ ދެކުދިން
0%
0%
0%

ރާނީ މުކަރުޖީގެ އާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. އާޝިމާ ޗިއްބަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮޑު ގައުމަކާ ދެކޮޅަށް މަންމައަކު ކުރާ ވަރުގަދަ ހަނގުރާމައެއް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމު ބިނާކޮށްފައިވަނީ ސާގަރިކާ ބަޓަޗާރިޔާ އާއި އަނޫރުޕް ބަޓާޗާރިޔާ ދެމަފިރިންގެ ހަޔާތުގެ ސަފުހާތަކެއްގެ މައްޗަށެވެ. މިއީ ނޯވޭގައި ދިރިއުޅެމުންދިޔަ އިންޑިޔާ ދެމަފިރިންނެވެ.

ފިލްމުގައި ދައްކަނީ ސާގަރިކާގެ ފިރިމީހާ މަރުވުމަށްފަހު މި ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންގެ ކަސްޓަޑީ ހޯދަން ސާގަރިކާ ވާން ޖެހޭ ބޮޑު ގުރުބާނީ އާއި ކުރާ ބުރަ މަސައްކަތެވެ.

ރާނީ ބުނި ގޮތުގައި މި ފިލްމު ބެލުމަށްފަހު އޭނާގެ ފިރިމީހާ އަދި ޔާޝް ރާޖް ފިލްމްސްގެ ހެޑް އަދިތުޔާ ޗޯޕްރާ އަށް ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ. އަދި އޭނާއަށް ކުރި އަސަރުން ޖަޒުބާތުގައި ޖެހިފައި އިރުގަނޑަކު އިން ކަމަށެވެ.

"އަހަރެން ނުދެކެން އާދީ (އަދިތުޔާ) މީގެ ކުރިން އެހާ ބޮޑަށް ޝޮކް ލިބިފައި އިންދައެއް އެންމެ ފަހަރަކު ނޫނީ. ކުރިން ފެނިފައިވަނީ އޭނާގެ ބައްޕަ ޔާޝް ޗޯޕްރާ މަރުވި ދުވަހު. ދެން މި ފިލްމު ބަލާފައި އެހާ ބޮޑަށް ޝޮކެއް ލިބިފަ އިންތަން މި ފެނުނީ،" ރާނީ ބުންޏެވެ.

ފިލްމުގެ ޑައިރެކްޓަރު އާޝިމާ އަށް ވެސް ރާނީ ވަރަށް ތައުރީފު ކުރި އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ފެށުމުގެ ގޮތުން މި ވާހަކަ ވަރަށް ރަނގަޅަށް އާޝިމާ ވަނީ ރިސާޗްކޮށް ފިލްމަށް ތައްޔާރުވެފަ އެވެ. އަދި ފިލްމު އުފެއްދުމުގެ މަރުހަލާގައި އަސްލު މިސިޒް ޗެޓަޖީ ކަމަށްވާ ސާގަރިކާ އާ ވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށް ރާނީ ބުންޏެވެ.

"މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345