ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތޮއްޑޫ

ދެ މަހަށް ފަހު ތޮއްޑޫ ހުޅުވާލައިފި

ދެ މަސް ދުވަހަށް ފަހު އއ. ތޮއްޑޫއަށް އަރާ ފޭބުމުގެ ހުއްދަ ދީ އެ ރަަށް ހުޅުވާލައިފި އެވެ.

ތޮއްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 24 ވަަނަ ދުވަހު އެވެ. އެޗްޕީއޭއިން މިއަދު ބުނީ ދެ މަހަށް ފަހު އެރަށް މޮނިޓަރިންގެ ހާލަތުން މިއަދު ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން އއ. ރަސްދޫވެސް ވަނީ އާންމު ހާލަތަށް ގެނެސް ހުޅުވާލާފައެވެ. އެ ރަށް މޮނިޓަރިންއަށް ގެނައީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ދެ ރަށް ހުޅުވާލިއިރު ކަރަންޓީންގައި ނެތް މީހަކު ޕޮޒިޓިވްވެ ހއ. ތަކަންދޫ މިއަދޫ މިއަދު ވަނީ ބަންދުކޮށްފައެވެ. އެ ރަށުން ޕޮޒިޓިވްވީ އަންހެނެކެވެ.

ތަކަންދޫގެ އިތުރުން މިވަގުތު އެޗްޕީއޭގެ "ކޮވިޑް ބަންދު" ގައި އޮތީ ފުވައްމުލަކު ސިޓީ އާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އާއި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫ އާއި މ. ކޮޅުފުއްޓާއި ށ. ފީވަކެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯހީ ރ. ދުވާފަރުގައެވެ. އެ ރަށުން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 538 އަށް އަރާފައެވެ. ބަލިން ފަސޭހަނުވެ 138 މީހަކު އެބަތިއްބެވެ. އެ ރަށުން މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ދެ މީހަކު މަރުވެފައިވެއެވެ.