މާލޭ ސިޓީ ކައުންސިލް

މަގުމަތީގައި ހަލާކުވެފައި ހުރި ވެހިކަލްތައް މާދަމާ ނަަގަނީ

މާލޭގެ މަގުމަތީގައި ހުރި ހަލާކުވެފައިވާ ވެހިކަލްތައް ނަަގަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ނަގަން ނިންމާފައިވާ ކަމަށެެވެ.

އެގޮތުން ފުލުހުންނާ ގުޅިގެން މާދަމާއިން ފެށިގެން އެ ވެހިކަލްތައް ނަގަން ވަނީ ނިންމާފަ އެވެ. ސިޓީ ކައުންސިލުން ވެހިކަލްތައް ނެގުމުގެ ކުރިން ވެހިކަލްތަކުގެ ވެރިފަރާތުން ވެހިކަލްތައް ނަގަައި މަގުމަތި ސާފުކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އެތަކެތި ނައްތާލާނެ ކަމަށެވެ.

ވެހިކަލް ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.