ދުނިޔެ

އައިއެސް އަށް ނިސްބަތްވާ 20،000 އެކައުންޓް އެނޮނިމަސް އިން ހެކްކޮށްފި

Nov 21, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ފްރާންސްގެ ވެރިރަށް ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، އޮންލައިން ހެކިން ގްރޫޕް، އެނޮނިމަސް އިން ވަނީ އެމީހުންނާ ދެކޮޅަށް އޮންލައިން ހަނގުރާމައެއް އިއުލާނުކޮށްފަ އެވެ.

މި ހަނގުރާމައެއްގެ ދަށުން މިހާތަނަށް، އައިއެސް އަށް ނިސްބަތްވާ 20،000 ޓްވިޓާ އެކައުންޓް ހެކްކޮށް ނައްތާލާފައިވާ ކަމަށް އެނޮނިމަސް އިން ބުނެ އެވެ. އައިއެސްއާ ދެކޮޅަށް އެނޮނިމަސް އިން އޮންލައިން ވަރުގަދަ ހަރަކާތެއް ކުރިއަށް ގެންދަނީ ހޭޝްޓެގް އޮޕް ޕެރިސްގެ ނަމުގަ އެވެ.

އައިއެސް އިން އެމީހުންގެ ހަންފެތުރުމަށް ބޭނުންކުރާ އެންމެ ބާރުގަދަ އަދި ތޫނު ހަތިޔާރަކީ ވެސް ސޯޝަލް މީޑިއާ އެވެ. ސޯޝަލް މީޑިއާ އިން އައިއެސްގެ ބާރު ދުއްވާލުމަށް ހުރިހައި ހެކަރުން އެކަތިގަނޑަަށް ވުމަށް ވެސް އެނޮނިމަސް އިން ވަނީ ގޮވާލައިފަ އެވެ.