ވެލާނާގެ

ވެލާނާގެ ކުރިމަތީގައި ޕާކް ކުރުން މަނާކޮށްފި

ވެލާނާގެ ކުރިމާތިގައި ޕާކް ކުރުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

ޕާކުކުރުން މާނާކުރީ ވެލާނާގެ ކުރިމައްޗަށްވާ ގޮތަށް އަމީރު އަހުމަދު މަގު ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ޕާކް ކުރުން މަނާކޮށްފައި ވަނީ ގައުމީ ދިފާއީ ބާރުން އެދިގެންނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ އެ ސަރަހައްދުގައި ޕާކް ކުރުން މަނާކޮށް, އެސަރަޙައްދު ހުސްކުރަން ސިޓީ ކައުންސިލަށް އެންގީ ގައުމީ ދިފާއީ ބާރުން އެދިގެން ކަމަށާއި އެއީ ސަލާމަތީ ސަބަބުތަކައްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މިދިޔަ މަހުގައި އެ ސަރަހައްދުގައި ޕާކް ކުރުން މަނާކޮށްދިނުމަށް ސިޓީ ކައުންސިލްގައި އެދުނު ކަމަށާއި މިހާރު އެކަން ހަމަޖައްސައިދީފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

ވެލާނާގެ ސަރަހައްދުގައި ޕާކުކުރުން މަނާކޮށްފައި ވަނީ އެ އިމާރާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި އޮފީސްތަކެއް ހުންނާތީ އެވެ.

ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ އިތުރަށް، އިންޑިއާ އަދި ޗައިނާގެ ހައިކޮމިޝަނުން އެދިގެން އެ ދެތަނުގެ ވެސް ސަލާމަތީ ކަންކަން ވަނީ ވަރުގަކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުގައި ވަނީ ޕާކް ކުރުން މަނާކޮށްފަ އެވެ.