އެމްޓީސީސީ

އުނގޫފާރު މަގުހަދާ މަޝްރޫއުގެ އަޕްޑޭޓެއް ދީފި

Aug 3, 2021

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީން ހިއްސާކޮށްފި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ 85 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 16,488 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އަޅާނެ ކަމަށެވެ.

މީގެ އިތުރުން 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއުގެ އަގަކީ 28.02 މިލިއަން ރުފިޔާ އެވެ.