ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާންމު ހާލަތަށް ގެނައުމުގައި ކުރިއެރުން ހޯދިއްޖެ: ރައީސް

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ކެބިނެޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު "ނިއު ނޯމަލް" ހާލަތަށް ގެނައުމަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަަގަކުރައްވައި މިވަގުތު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް ވިދާޅުވެފައެވެ.

އަދި ދި ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ މީހުންނަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.

މި އޮގަސްޓް މަހުގެ ފުރަތަމަ ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 މީހަކު ފުރިހަމަ ކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323،568 މީހެކެވެ.

އަވަސްއާ ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަ ނުކުރާ ލައްކައެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި 40،000 އަށް ވުރެ ބޮޑު އާބާދީއެއް އެންމެ ޑޯޒެއްވެސް ނުޖަހާ ތިބިކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ކޮވިޑްގައި ދިވެހިން 513 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.

މިހާތަނަށް 77،633 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. އަދި 74،928 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،472 އެވެ. ހޮސްޕިޓަލްގައި 19 މީހަކަށް ފަރުވާ ދެމުންދާއިރު ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 222 އެވެ.