ލައިފްސްޓައިލް

އުފާވެރިކަމަށް ބޭނުމީ ދެމީހުންގެ "ގުޅުމުގެ" ކިހާ މިންވަރެއް؟

Nov 21, 2015
2

ލޯބީގެ ގުޅުމަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ. އެކުގައި ލޯބިން އުޅޭ ދެމަފިރިން ނަަމަ އެ ދެ މީހެއްގެ ހަޔާތުގައި އޮންނަނީ ހަމައެކަނި އަރާމެވެ.

ދިރާސާއަކުން ދައްކާ ގޮތުން އެންމެ އުފަލުގައި އުޅޭ މީހުންނަކީ ގަވާއިދުން ލޯބި ކުރާ މީހުންނެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެކަމަކު ދެވި ހިފުމަކީ ދެމީހުންގެ ހަމަޖެހުމާއި އުފާވެރިކަމަށް ބުރޫ އަރާފާނެ ކަމެކެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް މިސީސައޫގާގެ ތަޖުރިބާކާރުންގެ ޓީމަކުން މިފަހުން ކުރި ދިރާސާއިން ދައްކާ ގޮތުން އެންމެ އުފަލުގައި އުޅެނީ "އާދަޔާހިލާފަށް ސެކްސް ލައިފް" އޮންނަ މީހުންނެއް ނޫނެވެ.

ސޯޝަލް ސައިކޮލޮޖިކަލް އެންޑް ޕާސަނާލިޓީ ސައިންސް ޖާނަލްގައި މި ހަފުތާގައި ޝާއިއުކޮށްފައިވާ މި ދިރާސާ އަކީ 30،000 މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އެމީހުންގެ ފަރާތުން އެނގުނު ގޮތުން ދެ މީހުންގެ ގުޅުން މިންގަނޑެއްގައި ގެންގުޅުމަކީ އުފާވެރިކަމުގެ ރޯޅި ހަޔާތަށް ޖެހިލަ ޖެހިލަ އޮންނަ ކަމެކެވެ.