ނިއުޔޯކް ގަވަރުނަރު އެންޑްރޫ ކޫމޯ އިސްތިއުފާ ދެއްވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގެންފި އެވެ.
އެމަނިކުފާން ވިދާޅުވީ އިސްތިއުފާ ދެއްވުމަކީ އަބަދުވެސް އިޚުތިޔާރުކުރެވެން އޮންނަ ރީތި ގޮތް ކަމަށާއި ޝަރުއީ ހަމަތަކުގެ މަތިން އަޒުލްކުރުން ހުތުރުކަން ބޮޑު ކަމަށެވެ.
ބައިޑަން މިމޭރުމުން ގޮވާލައްވައި ނަސޭހަތްތެރިވެ ވަޑައިގެންފައި ވަނީ ކޫމޯއަށް ކުރެވިފައި އޮތް ތުހުމަތުތައް މިނިވަން ތަހުގީގަކުން ހޯދައި ބަލައި އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. ރިޕޯޓްގައި ބުނެފައި ވަނީ 11 އަންހެނަކަށް ކޫމޯ ޖިންސީ ގޯނާކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައިޑަން ވިދާޅުވީ އުންމީދަކީ ކޫމޯ އިސްތިއުފާ ދެއްވުން ކަމަށެވެ. ބައިޑަން ވިދާޅުވީ އެނޫން ގޮތެއްގައި ސިސްޓަމްގެ ތެރެއިން އޭނާ އަޒުލްކުރެވިދާނެ ކަމަށެވެ.
![](https://images-01.avas.mv/post/big_Q8N7T04SSMrSQinpUSIS4NBpW.jpg)
ބައިޑަން ވިދާޅުވީ މުޅި ރިޕޯޓް އަދި ވިދާޅުނުވާ ކަމަށާއި އެކަމަކު ވާންވީ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރިޕޯޓްގައި އޮންނާނީ ކީކޭކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
ބައިޑަން ވިދާޅުވީ ކޫމޯ އިސްތިއުފާ ދެއްވުން ރަނގަޅުވާނެ ކަމަަށް ވިދާޅުވީ ރިޕޯޓްގައި އޮތް އެއްޗެއް ފަހުމްވެ ވަޑައިގަންނަވާތީ ކަަމަށެވެ. އެމެރިކާ އަކީ ތަހުޒީބީ މުޖުތަމައެއް ކަމަށާއި ކުށްވެރިވުމުން އެމީހަކު ކުށްވެރިވީ ކަމަށެވެ.