ޓެކްނޯލޮޖީ

އޮއްޕޯގެ ފަހުގެ ސެލްފީ ކެމެރާ ދައްކާލައިފި

ފޯނުގެ ޑިސްޕްލޭގެ ދަށުގައި ފޮރުވިފައިވާ ގޮތައް ޑިޒައިން ކޮށްފައިވާ އޮއްޕޯގެ އާ ސެލްފީ ކެމަރާ ދައްކާލައިފި އެވެ.

މޯބައިލް ފޯން އުފައްދާ ކުންފުނި، އޮއްޕޯގެ އަމިއްލަ ޑިޒައިނަކަށް އުފައްދާފައިވާ މި ކެމެރާ އަކީ އޮއްޕޯ އިން ކުރިންވެސް ނެރެފައިވާ ކެމެރާ ޓެކްނޮލޮޖީ އެކެވެ. ނަމަވެސް މިފަހަރުގެ މޮޑެލް ކުރީގެ މޮޑެލްތަކާއި ތަފާތުވާ ސަަބަބަކީ މިފަހަރުގެ ކެމެރާ ހިމެނޭ ތަނުގެ ސްކްރީން ޕިކްސަލް ޑެންސިޓީ މަތިވުމެވެ.

މި އާ ސެލްފީ ކެމެރާ ހިމެނޭ ތަނުގައި ޑިސްޕްލޭގެ ޕިކްސަލް ޑެންސިޓީ އަކީ 400 ޕީޕީއައި އެވެ. މި ޕިކްސަލް ޑެންސިޓީގެ ސަބަބުން ބޭނުން ކުރާ ފަރާތްތަކަށް އެއްވެސް އައިބެއް ކެމެރާ ކައިރިން ފާހަނގައެއް ނުކުރެވޭނެ އެވެ.

އޮއްޕޯއިން މި ކެމެރާޑިސްޕލޭ ދައްކާލުމަށް ނެރުނު ޓްރެއިލާ

އޮއްޕޯ އަކީ އަންޑާ ޑިސްޕްލޭ ސެލްފީ ކެމެރާ ފުރަތަމަ ފަހަރަށް އުފައްދާ ދައްކާލި ކުންފުންޏެވެ.

އެ ކުންފުނިން ވަނީ 2019 ވަނަ އަހަރު އެމްޑަބްލިއުސީ ޝެންހާއީގައި އެކުންފުނީގެ އެންމެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާގެ ޑެމޯއެއްވެސް ދައްކާލާފަ އެވެ.

އޮއްޕޯގެ އާ ސެލްފީ ކެމެރާ ދައްކާލާފައިވާއިރު ޒެޑްޓީއީ އިން ވަނީ އެކުންފުނީގެ އާ ފޯނު އެގްޒޮން 30ގައި 400 ޕީޕީއައި ޕިކްސަލް ޑެންސިޓީ ހިމެނޭ ގޮތަށް އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމަނާފަ އެވެ. އަދި މިހާރު އެފޯނު ވަނީ މާކެޓަށްވެސް ނެރެފަ އެވެ.