ބޮލީވުޑް

ޝިލްޕާގެ ބަދަލުގައި "ސުޕަ ޑާންސާ"އަށް ސޮނާލީ

ޝޯގައި ބައިވެރިވާ ހުނަރުވެރި ކުޑަ ކުޑަ ނެށުންތެރިން މި ހަފުތާގައި ޕާފޯމްކުރާނީ ސޮނާލީ އާއި މޯޝަމީގެ ލަވަ ތަކަށެވެ. ޝޯގެ އެންމެ ލޯބި އެއް ބައިވެރިޔާ ފްލޮރީނާއަށް ސޮނާލީގެ ޚާއްސަ ހަދިޔާއެއް ދިނުމުން ފްލޮރިނާ އަށް އެކަން ބޮޑު ސަޕްރައިޒަކަށް ވެއެވެ. އަދި އަމިތު އާއި ސަންޗިތު އަދި ޕްރިތުވިރާޖް އާއި ތިން އެކުވެރިންގެ ޕާފޯމަންސުން ޖަޖުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ތިބެ އެވެ.

"ސުޕަ ޑާންސާ"ގެ ފާއިތުވީ ތިން ސީޒަނާއި މިފަހަރުގެ ސީޒަންގައި ވެސް ޝިލްޕާ ވަނީ ޖަޖެއްގެ މަގާމު ފުރާފަ އެވެ. ނަމަވެސް ފިރިމީހާ ރާޖް ކުންދްރާ ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ޝިލްޕާ މި ދުވަސްކޮޅު އެއްވެސް ޝޯއެއް އަދި ފިލްމެއްގެ ޝޫޓިންގްގައި ބައިވެރި ނުވެ އެވެ. އެހެންވެ "ސުޕަ ޑާންސާ"ގެ ޕްރޮޑިއުސަރުން ޝިލްޕާ ނެތްކަން ފޫބެއްދުމަށް ކޮންމެ ހަފުތާއަކު ވެސް ކޮންމެވެސް ފިލްމީ ތަރިއެއް ނުވަތަ ތަރިން ތަކަކަށް ދައުވަތު ދީގެން ޝޯގައި ބައިވެރި ކުރުވަ އެވެ.

މިދިޔަ ހަފުތާގައި ދެއްކި ދެ އެޕިސޯޑުގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ޝޯ ޖަޖްކޮށްފައިވަނީ ރިތޭޝް އާއި ޖެނީލިއާ ދޭޝްމުކް އެވެ.