އުރީދޫ

އުރީދޫ ކަސްޓަމަރުންނަށް ސްމެލީސް އިން ހިލޭ ކެއުން

Aug 10, 2021

އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހިދުމަތް ދޭތާ މިމަހުގެ 5 ވަނަ ދުވަހު ވަނީ 16 އަހަރު ފުރިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިދުމަތަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަނީ ތަފާތު ހަދިޔާތައް ދެމުންނެވެ. އެގޮތުން އެންމެ ފަހުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބުނު ހަދިޔާ އަކީ ސްމެލީސް ކެފޭ އެންޑް ބިސްޓްރޯއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިން ހިލޭ ކެއުންތަކެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާގައި ފްރީ ޕިއްޒާ ނުވަތަ ފްރެންކީސް އަދި ގްރިލްޑް ޗިކަން އާއި ބާގާ އަދި ޑަމްޕްލިން ފަދަ ކެއުންތައް ލިބޭނެ އެވެ.

މި ހާއްސަ އޮފާގައި ބައިވެރިވެވޭނީ ކަސްޓަމަރުންގެ ތެރެއިން ސްމައިލީސްގެ ކެއުންތަކަށް އޯޑަރު ކުރާ ފަރާތްތަކަށެވެ. އޯޑަރު ކުރުމުން ލިބޭ މެސެޖެއް ދައްކާލުމުން ބައެއް ހާއްސަ ކެއުންތައް ވެސް ލިބޭނެ އެވެ.