ދުނިޔެ

ނޭޓޯއާ ހެދި ކަޅުކަނޑު ބިރުބޮޑު ތަނަކަށް

ކަޅުކަނޑުގައި ނޭޓޯގެ އަސްކަރީ ފަރިތަކުރުންތައް ގިނަވެ ބިރުބޮޑު މައިދާނަކަށް ވެދާނެ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ނޭޓޯއާ މާބޮޑު ގުޅުމެއް ނެތް – އެކަމަކު ގުޅުން އޮތް ކަމަށް ހަދައި ކަޅުކަނޑަށް ވަދެއުޅުން ބޮޑު މައްސަލަކަށް ވެދާނެ ކަމަށެެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޔޫރީ ފިލިޕްސަން ވިދާޅުވި ގޮތުން ކަޅުކަނޑަކީ އަބަދު ވެސް ސުލްހަވެރި ތަނެކެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަ ހަރަކާތްތަކުން ދޭހަވަނީ އެ ސަރަހައްދުން ނޭޓޯ ދެން ފައިބާނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެ ބަލިވެގެން ކަމަށެވެ.

ރަޝިއާއަށް އަށް ވެސް ގައުމުގެ ދިފާއުގައި ހަރަކާތްތެރި ވެވެން ޖެހޭނެ ކަމަށާއި ނޭޓޯއެއް ކަމަކު އުނގަށް އަރައި ނުތިބެވޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ފިލިޕްސަން ވިދާޅުވީ ކުރިމަތިލުމެއް ނުހިނގަނީސް ނޭޓޯއިން ވެސް ވިސްނަން ޖެހޭ ކަމަށާއި ދުނިޔޭ މަސްލަހަތު ގެއްލުވާލަން ތަރައްގީވެފައި ތިބި ބަޔަކު ބާރު ނާޅާނެ ކަމަށެވެ.

ކަޅުކަނޑުގައި މިދާކަށް ދުވަހު، ޖޫން 28 – ޖުލައި 10 އަށް އޮތް ސީ ބްރީޒް 2021 އަސްކަރީ ކަޝްރަތުގައި ޔުކްރޭނާއި އެމެރިކާ އާއި ކެނެޑާ އާއި އިނގިރޭސިވިލާތާއި ނެދަލޭންޑްސް އާއި ރޮމޭނިއާ އާއި ބަލްގޭރިއާ އާއި ގްރީކާއި ލެޓިވިއާ އަދި ތުރުކީ ބައިވެރިވި އެވެ.

އެމެރިކާ އާއި ހުޅަނގަށް މިހާރު އޮތް މަސައްކަތަކީ އެއްވެސް މައިދާނެއްގައި އެހެން ބަޔަކު ކުރިހޯދިޔަ ނުދިނުމެވެ. މަސައްކަތުން ވާދަކޮށް ބަލިނުވެއްޖެ ނަމަ ކަނޑިއާ ބަޑި އަދި ވައިން ހަލަމާދީގެން ބަލިކުރުމެވެ.