ދުނިޔެ

ކޮވިޑް މައިން ގާތުންދިނުން ހުއްޓާލާކަށް ނުބުނާނަން: ޔުނިސެފް

މަންމައަށް ކޮވިޑް ޖެހިފައި ހުރިކަން ކަށަވަރު ވިޔަސް، ނުވިޔަސް ދަރިދުޅަށް ގާތުންދިނުން ހުއްޓާލައިގެން ނުވާނެ ކަމަށާއި އެކަމަށް އިރުޝާދު ނުދޭ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަން އިންޓަނޭޝަނަލް ޗިޕްޑަރަންސް އެމާޖެންސީ ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.

ޔުނިސެފުން ބުނީ ކޮވިޑަށް ވުރެ ގާތުންދިނުން މުހިންމު ކަމަށާއި ކޮވިޑާ ގުޅިގެން ކަމެއްދަމެއް ގޯސްވި ނަމަވެސް، ދާތުން ދިނުމަކީ އެކަމަކުން ސަލާމަތްވުމަށް ވެސް ފަރުވާއެއް ކަމަށެވެ.

ޔުނިސެފްގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ ގާތުންދިނުން ހުއްޓާލަން ގޮވާލާ ބަޔަކު އެބައުޅެ އެވެ. އޭނާ ވިދާޅުވީ އޭނާއަކީ ކޮން ފެންވަރެއްގެ މީހެއްކަން މީޑިއާއިން ހާމަކުރަން ނޭދޭ ކަމަށާއި ގާތުންދިނުން ހުއްޓާލަން ޔުނިސެފުން ނަސޭހަތްތެރި ނުވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ގާތުންދިން ނަމަވެސް ކޮވިޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާ ކަމަށާއި ދަރިފުޅަށާއި މަންމައަށް ވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ގާތުންދިނުމަކީ އަޅާކިޔެން ނެތް ވަރުގެ ބޮޑު ފައިދާއެއް ކަމަށް ވިދާޅުވަމުން އޮފިޝަލް ވިދާޅުވީ ބަރާބަރަށް ގާތުންދޭދިނުމަކީ ކޮވިޑު ކަހަލަ ބޯހަރު ބަލިތަކުން ރައްކާތެރިވުމަށް ވެސް ބާރަކަށް ވާނެ ކަމަށެވެ.

ޔުނިސެފުން ބުނާ ގޮތުން ދަރިފުޅަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ގާތުންދިނުމެވެ. ކުއްޖާ ހެދިބޮޑުވުމާއި ވިސްނުންތެރިކަން އަދި ބޮޑުވެ މީހަކަށްވުމުން އަންނަ ހަރުދަނާ ކަމަށް ވެސް ގާތުުންދިނުން އަސަރުކުރާ ކަމަށް އެޖަމާއަތުން ބުނެ އެވެ. މީހުން ގާބިލު މީހުންނަށްވެ ކެތްތެރިވުމަށް ގާތުންދިނުން ހެޔޮބަދަލު ގެންނަ ކަމަށް ޔުނިސެފުން ބުނެ އެވެ.