ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނުނު ނަމަވެސް މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ރާއްޖޭގައި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިމައްސަލަ ހައްލު ހޯދުމަށް އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި އަދަބުތައް ލިބޭ ގޮތަށް ގާނޫނުތައް ހަދާފައިވީ ނަމަވެސް އެފަދަ ގާނޫނުތަކުން ވެސް މައްސަލަ އަށް އެދެވޭ ހައްލެއް ނުލިބެ އެވެ.