ބޮލީވުޑް

އަމީތާބުގެ ގޭގައި ބޮމެއް އޮތްކަމަށް ބުނެ ދޮގު ހަދައިފި

މަޝްހޫރު ސުޕަސްޓާރު އަމީތާބު ބައްޗަން ދިރިއުޅޭ ބަންގްލޯގައި ބޮމެއް އޮތް ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފުލުހުންނަށް ގުޅާފައި ބުނި ކަމަށް ވަނީ މުމްބައިގެ ތިން ރެއިލްވޭ އެއްގައި އާއި އަމީތާބު ބައްޗަން ދިރިއުޅޭ ގޭގައި ބޮން ހަރުކޮށް ގޮއްވާލަން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

މި ޚަބަރާއެކު ކްރައިމް އިންޓެލިޖެންސް ޔުނިޓް (ސީއައިޔޫ) ވަގުތުން ހަރަކާތްތެރިވާން ފެށި އެވެ. ނަމަވެސް ރަނގަޅަށް ބެލިއިރު މިއީ ކަނޑައެޅިގެން ދޮގެކެވެ.

ފުލުހުން ވަނީ ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ ގުޅި މީހާ ފޯނު ކުރަން ހުރި ލޮކޭޝަން ހޯދައި އެތަނަށް ގޮސް އެމީހާ ހައްޔަރުކޮށްފަ އެވެ.

ހައްޔަރުކޮށް ސުވާލުކުރުމުން ފުލުހުން ކައިރީ އެ ދެ މީހުން ބުނި ކަމަށް ވަނީ އެއީ ފުލުހުންގެ މަސައްކަތްތައް ކުރިއަށް ދަނީ ބަރާބަރަށްތޯ އާއި މިފަދަ ކަމަކަށް އެމީހުން ތައްޔާރުވެފައިވާ މިންވަރު ބަލާލަންކުރި ކަމެއް ކަމަށެވެ.