ކުޅިވަރު

ރެއާލް އާއި މިލާންގެ މެޗު އެއްވަރުވެއްޖެ

އޮސްޓްރިއާގެ ވޯތާސީ ސްޓޭޑިއަމްގައި ރެއާލް މެޑްރިޑާއި އޭސީ މިލާން ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބިިފަ އެވެ.

އެގޮތުން ފުރަތަމަ ހާފު ނިމެނިކޮށް ރެއާލް މެޑްރިޑަށް ބޭލް ޕެނަލްޓީއެއް ހޯދައިދިނެވެ. މި ޕެނަލްޓީ ޖެހީވެސް ބޭލް އެވެ. ނަމަވެސް މިލާންގެ ގޯލްކީޕަރު މައިކް މެއިނަން ވަނި އެބޯޅަ ދިފާއުކޮށްފަ އެވެ.

މާގިނަ ބޯޅަ ތަކެއް ރެއާލްގެ ގޯލަށް ފޮނުވާލެވިފައި ނުވާއިިރު، ރެއާލް އިން ވަނީ 19 ހަމަލާ އުފައްދާފަ އެވެ. ނަމަވެސް ރެއާލް އިން ވަނީ ބޯޅަ ގޯލަށް ވައްދާލުމުގައި ނާކާމިޔާބު ވެފަ އެވެ.

އޭސީ މިލާނުން ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ. ބްރާހިމް ޑަޔާޒް ފޮނުވާލި ބާރު ހަމަލާ ރެއަލްގެ ކީޕަރު އެންޑްރީ ލުނިން ވަނީ ދިފާއު ކޮށްފަ އެވެ. މިދިޔަ ޖުލައި މަހުގައި ރޭންޖާސް އާއި ބައްދަލު ކުރި މެޗުގައި ވެސް ލުނިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

މިއީ ޑޭވިޑް އަލަބާ ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗެވެ. އަލަބާ ކުޅުނީ ފުރަތަމަ ހާފު އެކަންޏެވެ. ދެވަނަ ހާފުގައި އަލަބާ ވަނީ އެޑާ މިލިޓާއޯ އާއި ބަދަލުކޮށްފަ އެވެ. ބައިކޮޅަށް މާގިނަ ބޯޅަ ތަކެއް އައިސްފައި ނުވާތީ އޭނާ ކުޅުނީ ވަރަށް ހަމަޖެހިގެންނެވެ.