ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަރުމަނުން ހިލޭ ކޮވިޑް ޓެސްޓްކޮށްދިނުން ހުއްޓާލަނީ

ކޮވިޑް ޓެސްޓް ކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ކަމަށް ބުނެ ޖަރުމަނުން ހިލޭ ޓެސްޓްކޮށްދިނުން ހުއްޓާލަން ތައްޔާރުވެއްޖެ އެވެ.

ޖަރުމަން ސަރުކާރުން ބުނީ އަގު ދައްކަން ޖެހެނީ ޓެކްސް ފައިސާއިން ކަމަށާއި އަގެއް ނުނަގައި ކޮވިޑަށް ޓެސްޓް ކޮށްދިނުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.

ކޮވިޑް ޓެސްޓްކުރަން އަގެއް ނެގުމާ ބެހޭ ގޮތުން ޖަރުމަންގެ ޗާންސެލާ އެންޖެ މާކެލްއާ މަޝްވަރާ ކުރެއްވުމަށް ގުޅުން ހުރި އިދާރާތަކުން ވަނީ ނިންމާފަ އެވެ. އަދި ޚިޔާލު ހޯދަން ސްޓޭޓްތަކުގެ ވެރިންނާ މަޝްވަރާކުރާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.

ޖަރުމަނުގެ އާބާދީ ކޮވިޑަށް ޓެސްޓް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް އޮތް ނަމަވެސް އެހުރިހާ ކަމަކަށް ޓެކްސް ފައިސާ ހޭދަކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް، ކޮވިޑް ޓެސްޓަށް އަގުނެގުމާ ބެހޭ ގޮތުން އެކުލަވާލާފައި އޮތް ރިޕޯޓްގައި ބުނެފައިވެ އެވެ.

ޖަރުމަނުގައި ހިލޭ ކޮވިޑް ޓެސްޓް ކުރަން ފެށީ މިއަހަރު މާޗް ގައެވެ. ސަރުކާރުގެ ބޭނުމަކަށް އެއިރު ވެފައި އޮތީ ވީހާވެސް ގިނަ ބަޔަކު ޓެސްކުރުމެވެ. އެހެން ނަމަވެސް އާބާދީ 55 ޕަސެންޓަށް މިހާރު ވެކްސިން ދިފައި ވާތީ ކޮވިޑް ޓެސްޓް ކުރުން އެމެޖެންސީ ކަމަކަށް ނުވަނީ އެވެ.

ކޮވިޑް ޓެސްޓްކުރުމަށް އަގު ނަގާ ގޮތަށް ފާސްވަންދެން ހިލޭ ޓެސްޓްކުރެވޭނެ ކަމަށް އިދާރާތަކުން ބުނެ އެވެ.