މޯލްޑިވްސް ޕޮލިސް ސާވިސް

ޓެކްސީ ޑްރައިވަރަކު މަރާލަން އުޅެފި

ބިދޭސީ އަކު ދިވެހި ޓެކްސީ ޑްރައިވަރަަކަށް ހަމަލާދީ މަރާލަން މަސައްކަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ހަމާލާދިން މައްސަލައެއް ރޭ 12:30 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ.

އެ ހަމަލާއަކީ ފުރާނަ އަށް ނުރައްކާވަރުގެ ހަމަލާއެއް ކަމަށާއި ހަމަލާއާ ގުޅިގެން 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ. އިތުރު ތަފްސީލް ފުލުހުން ނުދިނެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ދެހާސް ނަވާރަވަނަ އަހަރު ވެސް ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކށް ހަމަލާދީ މަރާލައިފައިވެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.