ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އާދެވޭނީ ވެކްސިން ފުރިހަމަކޮށްގެން

ގްރޭޓާ މާލެ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ވެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.

އެޗްޕީއޭއިން މިއަދު އެގޮތަށް ނިންމާ އެކަން އިއުލާނު ކޮށްފައި ވަނީ މާލެ ސަރަހައްދުގައި ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަ ނުވާތީ އެވެ.

ވެކްސިން ޑޯޒު ފުރިހަމަ ވެފައިވާ ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު 14 ދުވަސް ހަމަވެފައި ވާނަމަ އެވެ.

ހަމަ އެގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް އެކަންޏެވެ. މިގޮތަށް ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ޗެކިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ކަވަރޭޖް ތިރީގައިވާ ގޮތަށް ފުރިހަމަވުމުންނެވެ.

  • ރަށުގައި ދިރިއުޅޭ މުޅި އާބާދީގެ 60 ޕަސަންޓަށް ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުން
  • ރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން
  • ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުން

ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުންނެވެ. އަދި އެގޮތަށް ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކިން ކުރާ ދުވަހުން ފެށިގެން 7 ދުވަސް ހަމަވުމުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ.