މާލޭ ސިޓީ ކައުންސިލް

އެކާވީހުން ފެށިގެން ބޭރަށް ކުނި ނެެރުން ހުއްޓާލަނީ

މަގުމައްޗަށް ޖަމާކޮށްފައި ހުރި ކުނި ކޮތަޅު ތަކެއް ނެގުމަށް ވެމްކޯގެ މުވައްޒަފަކު ހަރަކާތްތެރިވަނީ -- ފޮޓޯ އަވަސް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ނިންމައިފި އެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށެވެ. އަދި އެކަމާއި ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ގޭގެއިން ބޭރަށް ކުނި ނެރެން އެންގީ ކޮވިޑްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ނަމަވެސް އެކަމުގެ ސަބަބުން ބައެއް މައްސަލަތައްވެސް ދިމާވިއެވެ. ކުނި ނުނެގި ގިނަ ވަގުތުތަކަކު މަގުމަތީ ހުންނާތީ އެތައް ބަޔަކަށް އެކަމުން އުނދަގޫވެއެވެ. އަދި މަގުތައްވެސް ހަޑިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345